ދިވެހިރާއްޖެ
ޤަވާއިދު ނަންބަރު: 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު) ގެ 8ވަނަ މާއްދާގެ (ށ) އަދި (ނ)ގައި، އެކްސްޕެޓް ސިސްޓަމުގައި ރެޕްރެޒެންޓޭޓިވްސްގެ ގޮތުގައި ގިނަވެގެން އައްޔަނު ކުރެވޭނެ ޢަދަދު ވަނީ ކަނޑައެޅި ބަޔާންކޮށްފައެވެ. އެގޮތުން (ށ)ގައި އަމިއްލަ ފަރުދަށް އެކްސްޕެޓް ސިސްޓަމުގައި ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ވަޒީފާދޭ 5(ފަހެއް) ފަރާތަށް ވުރެ ގިނަ ފަރާތެއް ތަމަޞީލެއް ނުކުރެވޭނެކަމަށް އަދި (ނ)ގައި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތަށް ގިނަވެގެން އައްޔަނުކުރެވޭނީ 2(ދޭއް) ރެޕްރެޒެންޓޭޓަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ވީމާ، އެކްސްޕެޓް ސިސްޓަމުގައި މިދެންނެވި ޢަދަދަށްވުރެ ގިނައިން ރެޕްރެޒެންޓޭޓިވްސް އައްޔަނުކޮށްފައިވާ ނުވަތަ ތަމްޞީލް ކުރާ ފަރާތްތަކުން ޤަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކޮށް، އިތުރުވާ ފަރާތްތަކުގެ ރިލޭޝަން (ވަންގަވް މެދުވެރިކޮށް) 1 ސެޕްޓެމްބަރު 2025ގެ ކުރިން ޑީއެކްޓިވޭޓްކޮށް ނިންމުމަށް ދަންނަވަމެވެ.
އަދި މި މުއްދަތުގެ ތެރޭގައި މި ލިމިޓަށްވުރެ އިތުރުވާ ފަރާތްތަކުގެ ރިލޭޝަން ޑީއެކްޓިވޭޓް ނުކޮށްފިނަމަ، އެ ފަރާތްތަކުން އައްޔަނުކޮށްފައިވާ ނުވަތަ ތަމްސީލުކުރާ ހުރިހާ ފަރާތްތަކާއެކު ޤާއިމުކުރެވިފައިވާ ރިލޭޝަން، އެކްސްޕެޓް ސިސްޓަމުން ޑީއެކްޓިވޭޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 ޞަފަރު 1447