ދިވެހިރާއްޖެ
މިރަށުގެ ބައެއް މަގުތައް ވިއްސާރަ މޫސުމުގައި ފެންބޮޑުވެ، ފެންގަނޑު ނުހިދި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެތަންތަން ޗަކަވެ، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބެމުން ދާތީ، ފެންގަނޑު އޮންނަ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގެ އެފަދަ ސަރަހައްދުތަކަށް، މިއިދާރާއިން ވެލި ދިނުމުން މަގުތަކަށް ވެލިއަޅުމާއި ވެލިއަޅާ ސަރަހައްދު ލެވެލް ކުރުމާއި އަދި އެސަރަހައްދު ތަކުން ނެގޭ ގައު ފަދަ ތަކެތި، މިއިދާރާއިން ދައްކާ ތަނަކަށް އަޅާދޭނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ގަޑި | 
| ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ. ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު: 
 ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްއާއިއެކު ފޮނުވަންވާނެއެވެ. | 12 އޮގަސްޓް 2025 (ބުރާސްފަތި) | 13:30 | 
| ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ފާދިއްޕޮޅު ކުރެންދޫ ކައުންސިލުގެ އިދާރާ) މަޢުލޫމާތު ސާފުނުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.) | 14 އޮގަސްޓް 2025 (ބުރާސްފަތި) | 10:30 | 
| ބީލަންތައް ހުށަހެޅުމާއި ހުޅުވުން | 21 އޮގަސްޓް 2025 (ބުރާސްފަތި) | 13:00 | 
| އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620457 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. | ||
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
 
                    