މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް ހުޅުވާލުން

ރަށުގެ އިރުމަތީކޮޅު ރާޅުގަނޑު ސަރަޙައްދުގައި، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 12،400 އަކަފޫޓުގެ ބިން (ބިން 1)، އަލިކަލޭފާނު މަގުގެ ހުޅަނގުކޮޅު އުތުރު ފަޅިން، މ. މުލަކު ކައުންސިލުގެ ނަމުގައިވާ  15,400އަކަފޫޓުގެ ބިން (ބިން 2)، ގެސްޓްހައުސް ވިޔަފާރި އަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޮގަސްޓް 06 އިން 2025 އޮގަސްޓް 17  ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބިޑް ރަޖިސްޓްރީކުރުމަށް 3000ރ ނޮން ރިފަންޑެބަލް ފީއެއް މުލަކު ކައުންސިލަށް ދައްކަން ވާނެއެވެ.
  • އެކައުންޓް ނަންބަރު: 7709700388001
  • އެކަންޓްގެ ނަން: 1411 ރެވެނިއު 1
  • ޓްރާންފަރ ކުރުމަށްފަހު ޓްރާންފަރ ސްލިޕް މި ކައުންސިލްގެ ފައިނޭންސްގެ ވައިބަރ ނަންބަރަށް 7341417 ވައިބަރކޮށް [email protected] އަށް އީމެއިލްކުރަންވާނެއެވެ. 
  • ""ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.gle/NdqDNVTdxArbfVPq8
  • މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މިޓީން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 18 ވަނަ ދުވަހުގެ 13:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި ޕްރޮޖެކްޓާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މުލަކަތޮޅު މުލަކު ކައުންސިލް އިދާރާ

 މ. މުލައް

 ފޯން:  9682182 / 6723713

 އީމެއިލް: [email protected]

 

ނޯޓް: މިއީ މިމަސައްކާތާއި ގުޅިގެން ކުރެވުނު 03 ވަނަ އިޢުލާނެވެ. މިކަމަށް ކުރެވުނު އިޢުލާން ނަންބަރ  (IUL)364-ESMS/364/2025/37އާއި ގުޅިގެން އެއް ވެސް ފަރާތަކުން ބިޑް ރެޖިސްޓްރީ ކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް ބިން ކުއްޔަށް ހިފާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

06 އޮގަސްޓް 2025
ހޯދާ