ދިވެހިރާއްޖެ
ހދ. ވައިކަރަދޫގައި ދިރިއުޅެމުންދާ ދެޖިންސުގެ ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެފަރާތްތަކަށް، ފެހުމުގެ އަސާސީ ހުނަރުތަކާއި އަމިއްލައަށް މިންނަގައިގެން ހެދުން ފެހުމުގެ ޤާބިލުކަން އިތުރުކޮށް، އާމްދަނީ ހޯދުމުގެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގައި އެފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާމުކޮށް ހުޅުވާލަމެވެ.
މިއީ، 25 ދުވަހާ 30 ދުވަހާ ދެމެދު މުއްދަތެއްގައި، 40 ފިލާވަޅަކަށް ބަހަލައިގެން ކުރިއަށް ގެންދެވޭ ކޯހެއްކަމުގައި ދެންނެވީމެވެ. މި ކޯސް ކުރިއަށް ގެންދާނީ ބައިވެރިންގެ ނިސްބަތަށްށާއި ތަނުގެ ޖާގައަށް ބަލާ ދަންފަޅިތަކަށް ބަހާލައިގެންނެވެ. މިކޯހުގައި ބައިވެރިން ބޭނުންކުރާ ކަތުރު އަދި ފަހާފޮށި ހަމަޖައްސަންވާނީ ބައިވެރިވާ ފަރާތުން ކަމުގައި ދެންނެވީމެވެ.
މި ކޯސް ކުރިއަށް ދާނީ މަދުވެގެން 30 ބައިވެރިން ބައިވެރިވުމުންނެ އަދި މި ކޯހުގައި ގިނަވެގެން ބައިވެރިވެވޭނީ 75 ބައިވެރިންނަށް ކަމުގައި ދެންނެވީމެވެ. އަދި 75 ބައިވެރިންނަށްވުރެ އިތުރުވާނަމަ، ކޯހުގެ ބައިވެރިން ކަނޑައަޅާނީ ފޯމުލާ ތަރުތީބުން ކަމުގައި ދެންނެވީމެވެ. ކޯހުގެ ފީއަކީ -/1800 ރުފިޔާ އެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް ފުރުށްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، އ.ތ.މ. ކޮމިޓީގެ ރައީސާ އަލްފާޟިލާ ޢާއިޝަތު ނާޝިދާ (9814545) އާ ގުޅުއްވުންއެދެމެވެ.
ލިންކް: https://forms.gle/TwrrxTBJrib4Ubrq6
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.