ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތަކަށް އިންސާފުކުރާ ފަނޑިޔާރުންގެ ދަފްތަރަށް މީހުން އިތުރުކުރުން

އަދަބީ މުބާރާތްތަކަށް އިންސާފުކުރާ ފަނޑިޔާރުންގެ ދަފްތަރަށް މީހުން އިތުރުކުރުން

 

2025ވަނަ އަހަރު މި އެކެޑަމީން ބޭއްވި އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތަށް ބައިވެރިން ހުށަހަޅައިފައި ވާ ތަކެއްޗަށް އިންސާފުކުރާން މި އެކެޑަމީން ބޭނުންވެއެވެ. އަދި އެކެޑަމީގެ، އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތަފާތު އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދޭ ފަނޑިޔާރުންގެ ދަފްތަރަށް މީހުން އިތުރުކުރަން ބޭނުންވެއެވެ. އިންސާފުކޮށްދޭން ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ވާ ގޫގްލް ފޯމު މެދުވެރިކޮށް މި އެކެޑަމީއަށް އެކަން ލިޔުމުން ހުށަހެޅުން އެދެމެވެ.

ފޯމު :އަދަބީ މުބާރާތްތަކަށް އިންސާފުކުރާނެ ފަނޑިޔާރުން ހޯދުން 

  

މި ކަމަށް އެދި، ފޯމު ހުށަހަޅާ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރާއި ސެޓުފިކެޓުތަކުގެ ކޮޕީ  ވެސް ގޫގުލް ފޯމާ ހީރަސްކުރަންވާނެއެވެ. މި ކަމަށް އެދޭ ފަރާތްތަކުން 2025 އޮގަސްޓް 13 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ފޯމު ހުށަހަޅަންވާނެއެވެ.

މި މުބާރާތްތަކަށް އިންސާފުކުރުމުގެ މަސައްކަތް އޮންނާނީ 2025ވަނަ އަހަރުގެ އޮގަސްޓް މަހާއި ސެޕްޓެންބަރު މަހުގައެވެ.

އިތުރު މައުލޫމާތު ހޯދުމަށް މި އެކެޑަމީގެ ނަންބަރު 7772816އަށް ގުޅުން އެދެމެވެ.

06 އޮގަސްޓް 2025
ހޯދާ