މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ. ދިއްފުށީގެ ބަނދަރު ސަރަހައްދުގައި ފެރީ ޓާމިނަލް ތަރައްޤީކުރާނެ ފަރާތެއް ހޯދުން!
- ކ.ދިއްފުށީގައި ޒަމާނީ ފެންވަރަށް އަމިއްލަ ޚަރަދުގައި އެރައިވަލް ޓާމިނަލެއް ކްރޮސް ސަބްސިޑީގެ އުސޫލުން ތަރައްޤީކުރުމަށް ބޭނުންވެއެވެ. ފެރީ ޓާރމިނަލްގެ މަސައްކަތް ކުރަންވާނީ އަމިއްލަތަކެތިގައި ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 10 އޮގަސްޓް 2025 ން 14 އޮގަސްޓް 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ ބީލަން ފޮތް 10 އޮގަސްޓް 2025 ން 14 އޮގަސްޓް 2025 އަށް، ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންފޮތުގެ އަގަކީ 5،000.00 (ފަސްހާސް ރުފިޔާއެވެ). އެއްވެސް ސަބަބަކާއި ގުޅިގެން ބީލަންފޮތް ގަތުމަށް ޚަރަދުކުރައްވާ ފައިސާއަކީ އަނބުރާ ދެވޭނޭ ފައިސާއެއްނޫނެވެ. ބީލަން ފޮތާއި ގުޅުން ހުރި ލިޔުންތައް ފޮނުވޭނީ ބީލަން ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ފޮތް ގަތުމަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އިދާރާއަށް ހުށަހަޅައި އިދާރާއިން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަ ކުރުމަށް ފައިސާ ދެއްކުމަށް އެންގުމުންނެވެ.
- މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 17 އޮގަސްޓް 2025 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 25އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުންޏަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
06 އޮގަސްޓް 2025
ހޯދާ