މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުވެރިންގެ މައިޒާން ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/10

މިކައުންސިލްގެ ނަންބަރު (IUL)308/2025/32 (24 ޖުލައި 2025) އިޢުލާނާ ގުޅިގެން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާތީ އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ދަތުރުވެރިންގެ މައިޒާނުގެ ކުރެހުމާއި ބީއޯކިއު ހަދައި، މައިޒާން ޢިމާރާތްކޮށް، އެތަން 30 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމާއި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބިމުގެ މަޢުލޫމާތު

  1. ކޮށީ ނަންބަރު:        k-3
  2. ތަރުތީބު ނަންބަރު:     777
  3. ބޮޑުމިން:           2450 އަކަފޫޓް
  4. ބިން އޮތް ސަރަޙައްދު:   ހިކިފިނިފެންމާގެ އާ އިންވެގެން ދެކުނަށް

މަސައްކަތާބެހޭ މަޢުލޫމާތު

  1. ދެބުރީގެ ދަތުރުވެރިންގެ މައިޒާން ކުރެހުމާއި ބީއޯކިއު އާއި ސަރވިސް ޑްރޯވިންތައް ތައްޔާތުކުރުން.
  2. ގްރައުންޑް ފްލޯރ : ސީޓިންގ އޭރިއާ، ސްޓޯރ ރޫމް، ދެ ފާޚާނާ، ފްރަންޓް އޮފީސް.
  3. ދެވަނަ ބުރި : ރެސްޓޮރަންޓް
  4. ޢިމާރާތުގެ ފައިނަލް ކޮންސެޕްޓް ޑިޒައިނާއި ކުރެހުންތައް ކައުންސިލަށް ހުށަހަޅައި، ލިޔުމުން، ކައުންސިލްގެ ރުހުން ހޯދުން.
  5. ކުރެހުމާއި އެއްގޮތަށް ޢިމާރާތްކުރުން.
  6. ޢިމާރާތަށް ކަރަންޓާއި ފެނާއި ނަރުދަމާގުޅުން.
  7. ޢިމާރާތުގެ ފަރުނީޗަރު ހަމަކުރުން.
  8. މަރާމާތުކޮށް ބެލެހެއްޓުން.
  9. ޢިމާރާތުގެ ދެވަނަ ބުރީގައި ހުންނަ ރެސްޓޮރަންޓް ހިންގައި ބެލެހެއްޓުން.
  10. ޢިމާރާތުގެ ގްރައުންޑް ފްލޯ ކައުންސިލާ ޙަވާލުކުރުން.

މަޝްރޫޢުގެ މުއްދަތު

  1. ބިން ކުއްޔަށް ދޫކުރާ މުއްދަތަކީ 30 (ތިރީސް) އަހަރުދުވަހެވެ. އަދި މިމުއްދަތުގެތެރެއިން 5 (ފަހެއް) އަހަރު ދުވަހުގެ ގްރޭސްޕީރިއަޑް (ކުލި ނުހިގާ މުއްދަތު) ލިބޭނެއެވެ.

އަގު ހުށަހެޅުން

  1. އަގު ހުށަހަޅާނީ ގްރޭސްޕީރިއަޑްގެ ފަހުން، މަހުން މަހަށް ދައްކާ އަގެވެ. ބިމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 2 (ދޭއް) ރުފިޔާއެވެ.

ރަޖިސްޓްރީކުރުން

2025 އޯގަސްޓް 20 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ދަތުރުވެރިންގެ މައިޒާން ތަރައްޤީކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 އޯގަސްޓް 20 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2025 އޯގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ދަތުރުވެރިންގެ މައިޒާން ތަރައްޤީކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ޢިމާރާތުގެ ކޮންސެޕްޓް ކުރެހުން.

- ޓެކްސް ކުލިއަރެންސް ރިޕޯޓް.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަކަފޫޓަކަށް ހުށަހަޅާ އަގު: %50

- ޢިމާރާތް މަރާމާތުކޮށް ބަލަހައްޓައިދޭ މުއްދަތު: %30

- ޢިމާރާތުގެ އެންމެ ރަނގަޅު ކޮންސެޕްޓް ކުރެހުމަށް: %20

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
  2. ބިޑް އިވެލުވޭޓްކުރުމުގައި ދަތުރުވެރިންގެ މައިޒާނުގެ އެންމެ ރަނގަޅު ކޮންސެޕްޓް ހޮވާނީ ކައުންސިލުންނެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި ބެންޗް މާކުގެ ގޮތުގައި ބަލާނީ ޢިމާރާތް މަރާމާތުކޮށް ބަލަހައްޓައިދޭން ހުށަހަޅާ އެންމެ ދިގު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  1. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 އޮގަސްޓް 2025
ހޯދާ