ދިވެހިރާއްޖެ
މެރިކަލްޗަރ އަދި އެކުއަކަލްޗަރގެ ވިޔަފާރި ހޯނޑެއްދޫގައި ކުރިއެރުވުމަކީ މިކައުންސިލްގެ އަމާޒެކެވެ. މިއީ ރަށުގެ ކަނޑާއި ފަޅުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތެކެވެ.
މިކަމާ ގުޅިގެން އަމިއްލަ ފަރާތަކުން ވަނީ ހޯނޑެއްދޫއިން ބިމަކާއި މޫދުން 2000 އަކަ މީޓަރުގެ ސަރަޙައްދެއް ހެޗަރީ އަދި ގްރޯ-އައުޓް ފެސިލިޓީ ޤާއިމުކުރުމަށް އެދިފައެވެ. މިކަމަށް އެންމެ އެކަށޭނަ ސަރަޙައްދެއް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ބޭނުންވެއެވެ. މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ސަރަޙައްދުގައި ހުންނަންޖެހޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި،
- ހެޗަރީއާއި ގްރޯ-އައުޓް ފެސިލިޓީ
- މަސް ޕްރޮސެސްކޮށް ރައްކާކުރާ ޔުނިޓް
- އޮފީސް ސްޕޭސް
- ފަޅު/ކަނޑުގެ ސަރަހައްދަށް ފަސޭހައިން ވަދެނިކުމެވޭނެ ސަރަހައްދެއް
- 5 މީޓަރު, 5 މީޓަރު, 3 މީޓަރުގެ 10 ނެޓް ކޭޖް ޔުނިޓް މޫދުން
- އެންކަރިންގ އަދި މޫރިންގ ސިސްޓަމްތައް ބެހެއްޓޭނެ ސަރަޙައްދެއް
ހޯނޑެއްދޫ ރައްޔިތުންނަށް މި މަޝްރޫޢު ހިންގުމަށް އެންމެ އެކަށޭނަ ސަރަހައްދެއް ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިގޮތުން 17 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިޢިއުލާނާއިއެކު އާންމުކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ޚިޔާލު ހުށަހެޅުންއެދެމެވެ. ކައުންސިލްގެ އަމާޒަކީ ރައްޔިތުންގެ މަޝްވަރާއާއެކު ރަށުގެ ބިންބިމާ ގުޅޭ ނިންމުންތައް ނިންމައި، ގުދުރަތީ ވަސީލަތްތަކުން ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތްތައް ހޯދައިދިނުމެވެ.
އޮންލައިން ފޯމް ލިންކް: https://forms.office.com/r/P1G8VS7T9z
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.