ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތްފަސޭހަ މައިޒާންތަކުގައި ހުންނަ ގަސްގަހާގެހި ކެނޑުން މަނާކުރުން

ރަށުގެ އެކި ސަރަޙައްދުތަކުގައި ކައުންސިލުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން ޤާއިމްކޮށްފައިވާ ހިތްފަސޭހަ މައިޒާންތަކުގައި ހުންނަ ގަސްގަހާއި ރުއްތައް ކަނޑަމުންދާކަން ވަނީ މި ކައުންސިލަށް ފާހަގަކުރެވިފައެވެ. މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.

މިފަދަ ޢަމަލުތަކުގެ ސަބަބުން ރަށުގެ ޢާންމު ސަރަޙައްދުތަކުގެ ފެހިކަން ގެއްލި، މި ގަސްތަކުން ލިބެމުން އައި ފިނިކަމާއި ހިޔާ ނުލިބި، ރަށުގެ ރީތިކަން ގެއްލި، އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވޭތީ، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.

ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ހިތްފަސޭހަ މައިޒާންތަކުގައި ހެދިފައި ހުރި އެއްވެސް ބާވަތެއްގެ ގަހެއް ނުވަތަ ރުކެއް ކޮށައި ކެނޑުމަކީ މަނާކަމެއްކަމުގައި އަންގައި އިޢުލާން ކުރަމެވެ. އަދި ރަށުގެ ވެށި ހިމާޔަތް ކުރުމަކީ ހުރިހާ ފަރުދުންގެ އިޖުތިމާޢީ ޒިންމާއެއްކަމަށް ދެކި، ހޭލުންތެރި ފަރުދުންގެ މުޖުތަމަޢުއަކަށް ވުމަށް އަބަދުވެސް އިސްކަމެއް ދިނުމަށް ކައުންސިލުން ތިޔަ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

މިހެންވެ މިކަން އާއްމުކޮއް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 އޮގަސްޓް 2025
ހޯދާ