ދިވެހިރާއްޖެ
މިރަށުގައި (ހަންޏާމީދޫގައި) މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއްބުރިއަށްވުރެ އުސްކޮށް ޢިމާރާތް ކުރުމަށްޓަކައި ހުށަހަޅާ ކުރެހުންތައް ފާސްކުރާނެ އަގެއް ކަނޑައެޅުމަށްޓަކައި، 2024 ސެޕްޓެމްބަރު 19 ވީ، ބުރާސްފަތި ދުވަހު ބޭއްވުނު، ހަންޏާމީދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 184 ވަނަ އާއްމު ޖަލްސާގައި މަޝްވަރާކުރުމަށްފަހު، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ އިއްތިފާގުން ނިންމަވާފައިވަނީ، ފާސްކުރުމަށް ހުށަހަޅާ ކުރެހުން ސެޓްގައި ހިމެނޭ ޢިމާރާތުގެ ނުވަތަ ތަނުގެ މުޅިޖުމުލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް -/5 (ފަހެއް) ރުފިޔާ ނެގުމަށްށެވެ.
މިގޮތަށް ނިންމަވާފައި މިވަނީ، ގަވާއިދު ނަންބަރު: 2019/R-1004 (ޢިމާރާތްކުރުމާއިބެހޭ އިދާރީ ގަވާއިދު) ގެ 118 ވަނަ މާއްދާއިން، ޢިމާރާތް ކުރުމުގެ ހުއްދަދޫކުރާ އިދާރާތަކަށް ލިބިދެއްވާފައިވާ ބާރުގެ ދަށުނެނެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.