ދިވެހިރާއްޖެ
ވޯޓަރސްޕޯރޓްސް، ޑައިވް އަދި ރިކްރިއޭޝަންއަށް ބިން ދޫކުރުމާއި ގުޅޭ
ވޯޓަރސްޕޯރޓްސް ޑައިވް އަދި ރިކްރިއޭޝަންއަށް 1500 އަކަފޫޓުގެ 2 ބިން ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ބ. ގޮއިދޫގެ ރަށްވެހިންނަށް ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް https://forms.gle/sU8KYyjpN17aPETn9 މި ލިންކް މެދުވެރިކޮށް 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( ސަތޭކަ ) ރުފިޔާއެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މި ބީލަމާބެހޭ މުޢާމަލާތްތައް ކުރިޔަށް ގެންދާނޭގޮތް މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް[email protected]
ފޯން : 6600005