ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޮފީސް ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިމަރުކަޒަށް އޮފީސް ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ރަޖިސްޓްރީވުން: 2025 އޮގަސްޓް 11 ވާ (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް މި މަރުކަޒަށް ހުށައެޅުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ދިނުން: ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހުށަހަޅަންވާނީ ލިޔުމުން [email protected] އީމެއިލްއަށެވެ. މި ބީލަމާއި ގުޅޭ ޓެކްނިކަލް މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އަޙްމަދު މިހާދު، 7825939 އަށެވެ. ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ސުންގަޑި އަކީ 14 އޮގަސްޓް 2025 ގެ 14:00 ގެ ކުރިންނެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން: 2025 އޮގަސްޓް 17 ވާ (އާދިއްތަ) ދުވަހު 11:00 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިދާރާގައި އޮންނާނެއެވެ. މި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި (ސިޓީ އުރާއިގެ ބޭރުގައި) އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުންފުނި/ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ބީލަން ފޮތް މިމަރުކަޒުގެ އިދާރާއިން ލިބޭނެއެވެ. އަދި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

06 އޮގަސްޓް 2025
ހޯދާ