ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންޓަރސްކޫލް ނެޓްބޯލް މުބާރާތް - 2025
މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 19 އޮކްޓޫބަރ ގައި ފެށުމަށް ހަމަޖެހިފައިވާ 26 ވަނަ އިންޓަރސްކޫލް ނެޓްބޯލް މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 20 އޮގަސްޓް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އަދި މިމުބާރާތާއި ގުޅިގެން އެސްކޫލަކުން މުއާމަލާތްކުރާނެ ފަރާތެއްގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން އެދެމެވެ. އަދި ޓީމްލިސްޓް 01 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކޮށްދެއްވުން އެދެމެވެ.
މިމުބާރާތުގައި ބައިވެރިކުރެވޭނެ އުމުރުފުރާތައް:
- 13 އަހަރުން ދަށް
- 15 އަހަރުން ދަށް
- 17 އަހަރުން ދަށް
މިމުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.
05 އޮގަސްޓް 2025
ހޯދާ