ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކާޕެޓް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީސް ހިންގަމުންއަންނަ ވެލާނާގެ 12 ވަނަ ފަންގިފިލާގެ ދެކުނު ވިންގްގެ ކާޕެޓް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 14 އޮގަސްޓު 2025، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް: https://forms.office.com/r/t2eTWK0iT2

  • ބީލަމާއި ގުޅޭ މަސައްކަތު ސައިޓް ބެލުން: 16 އޮގަސްޓް 2025، 10:00 ގައި
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 19 އޮގަސްޓު 2025، 10:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 19 އޮގަސްޓު 2025، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.

 

 

11 ސަފަރު 1447

05 އޮގަސްޓް 2025
ހޯދާ