ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ (ގްރޭޑް 1)

މަޤާމް:         ޑިރެކްޓަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:      01 (އެކެއް)

މުސާރަ:         -/13,684 ރުފިޔާ

ލިވިންގ އެލަވަންސް:    -/3,000 ރުފިޔާ

ރިސްކް އެލަވަންސް:    -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ދަޢުވާ ފޯމްތަކާ ސިޓީތައް އޮފީހުގައި ގެންގުޅޭ ކޭސް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ނެގުމުގެ މަސައްކަތާއި، ސެކްޝަނަށް ލިބޭ އެންޓްރީ އާއި  އެންޓްރީތަކާ ގުޅުންހުރި މަސައްކަތްތަކާއި، ޑިސްޕެޗިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، އެމަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

2- ޙަވާލުކުރެވޭ މައްސަލަތަކާގުޅިގެން ކުރަންޖެހޭ މަސައްކަތައްކުރުވައި އަދި އެންޓްރީތަކަށް ފިޔަވަޅުއަޅާތޯބަލައި ޗެކްކުރުން.

3- ސެކްޝަނަށް ލިބޭ މައްސަލަތަކާއި، އެންޓްރީތައް ބަލައިގަތުމާއި، ސެކްޝަނަށް ލިބޭ މައްސަލަތަކަށް ނަންބަރު ދިނުމާއި، މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކުގެ ލިސްޓް އަދާހަމަކުރުވުން

4- ކޯޓުތަކުންނާ ސަރުކާރުގެ އިދާރާތަކުން ލިބޭ ލިޔުންތައް، ފޯމު، އަމިއްލަ ފަރާތްތަކުގެ ސިޓީތައް އޮފީހަށް ލިބުމުން، މި ލިޔުންތަކާއި ގުޅުންހުރި މައްސަލައިގެ ފައިލް ހޯދުމަށް މުވައްޒަފުންނާ ޙަވާލުކުރުން.

5- މައްސަލަތަކާ ގުޅިންހުރި ލިޔުންތަކަށް ޖަވާބު ތައްޔާރުކުރުމަށްފަހު މަސައްކަތާގުޅުންހުރި މުވައްޒަފުންނަށް ފައިލް ޙަވާލުކުރުމުގެ މަސައްކަތްކުރުވުމާއި، ޖަވާބު ދޭންޖެހޭ ފޯމުތަކާއި ސިޓީތައް ނެގުމާއި، ޑިސްޕެޗް ކުރުމަށް މުވައްޒަފުންނާއި ހަވާލުކުރުވުން.

6- މައްސަލަތަކަށް ލިބޭ ރިމާކްސްއަށް ބެލުމަށްފަހު، އިސްލާހު ކުރަން ޖެހޭ ލިޔުންތައް، ފައިލާއެކު ޕްރޮސިކިއުޓަރުންނާ ޙަވާލުކުރުވުން.

7- ކޯޓުތަކުން ނިންމާ މައްސަލަތަކާ ގުޅޭގޮތުން ލިބޭ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިސްޓް އަދާހަމަކުރުމާއި، ލިބޭ ރިޕޯޓްތައް ޕްރޮސިކިއުޓަރުންނާ ޙަވާލުކުރަން މުވައްޒަފުންނާއި ޙަވާލުކުރުން.

8- މައްސަލަތައް ނިމުމުން މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ސިސްޓަމުން ނެގުމާއި، ޑިސްޕެޗްކުރުމާއި، ލިސްޓު އަދާހަމަކުރުވުން

9- ނިމޭ މައްސަލަތަކުގައި، މައްސަލައިގެ ފައިލް ޗެކު ކުރުމާއި، އެމައްސަލަތަކުގެ ތަފްޞީލް ބެލެހެއްޓުމާއި، އާކައިވް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް މަސައްކަތްކުރާ މުވައްޒަފުންނާ ޙަވާލުކޮށް ސުޕަވައިޒްކުރުން

10- މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު، ރެކޯޑްސް އެންޑް ސްޓެޓިސްޓިކްސް ސެކްޝަނަށް ފޮނުވުން. 

11- ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކޮށް އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ފޮނުވުން.

12- ގޮފިތަކުގެ ސަޕޯޓް ސްޓާފުންގެ މަސައްކަތްކުރާގޮތްބަލައި ސުޕަވައިޒް ކުރުވުން.

13- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.

14- ސުޕަވައިޒްކުރާ މުވައްޒަފުންގެ އެޕްރެއިޒަލް މަސައްކަތްކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އިސްމަޤާމެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޑެޕިއުޓީ ޑިރެކްޓަރ ގްރޭޑް 2 ގެ ކްލެސިފިކޭޝަންގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 އޮގަސްޓު 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 އޮގަސްޓު 2025 އިން 18 ސެޕްޓެންބަރު 2025 ވަނަ ދުވަހު މާލޭގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

11 ޞަފަރު 1447

05 އޮގަސްޓް 2025
ހޯދާ