ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ހދ.ކުޅުދުއްފުށީގައި ތިއްބަވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބޭކަލުންނަށް، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކައްކާކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި ކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ލިބިލައްވާނެއެވެ. ރަޖިސްޓްރީ ކުރައްވާނީ ތިރީގައި ބަޔާންވެގެންވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރައްވައިގެންނެވެ.
މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 17 އޯގަސްޓް 2025 ވަނަ ދުވަހުގެ 11:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 2,250.00ރ (ދެ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކުރެއްވުމަށް: 9772601
- ވެބްސައިޓް: https://defence.gov.mv
11 ޞަފަރު 1447
5 އޮގަސްޓް 2025