ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މިއޮފީހުގައި ހުރި ހުސް މަޤާމުތައް:

މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

މަޤާމުގެ ޝަރުޠު:

 

 

 

 

 

 

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

ސީނިއަރ ރިސަރޗް އޮފިސަރ

މެނިފެސްޓޯ މޮނިޓަރިންގ ސެކްޝަން

1 (އެކެއް)

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,832/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި  3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ސަރުކާރުގެ ސިޔާސަތުތަކާއި، މެނިފެސްޓޯ ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ތަފާސްހިސާބުތައް ތައްޔާރުކުރުން. 

މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

މަޤާމުގެ ޝަރުޠު:

 

 

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މެނިފެސްޓޯ މޮނިޓަރިންގ ސެކްޝަން

1 (އެކެއް)

-/5,610 ރުފިޔާ

-/2,000 ރުފިޔާ

2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން 

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

މެނިފެސްޓޯ މޮނިޓަރިންގ ސެކްޝަންގެ އިދާރީ މަސައްކަތްތައްކުރުން.    

މި މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަޤާމުގެ ނަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ