އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕޯއިމަންޓް އުސޫލުން މިރަށުގެ މިސްކިތްތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން

އިޢުލާން

ވޭޖް އެމްޕޯއިމަންޓް އުސޫލުން މިރަށުގެ މިސްކިތްތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:

                     މިރަށު މިސްކިތްތަކުގެ އިމާމުންނާއި ކައުންސިލް އެސިސްޓެންޓުން މިސްކިތަށް ނުނިކުންނަވާ ހާލަތްތަކުގައި ވަގުތީގޮތުން އެ މިސްކިތްތައް ބެލެހެއްޓުމަށް 1 އަހަރު ދުވަހަށް އެކުލަވައިލެވޭ ވޭޖް ޕޫލުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް އިމާމުން، މުދިމުން އަދި ކައުންސިލް އެސިސްޓެންޓުންނަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް

ޝަރުޠު

އުޖޫރަ (ގަޑިއަކަށް)

އިމާމް

މުދިމްކަމުގެ ސަނަދު ނުވަތަ އިމާމު ކަމުގެ ސަނަދު ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

61.00 ރުފިޔާ

މުދިމު

ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއް ކަމުގައިވުން

53.00 ރުފިޔާ

ކައުންސިލް އެސިސްޓެންޓު

ލިޔަންކިޔަން ދަތުމާއެކު މިސްކިތްތައް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން

45.00 ރުފިޔާ

 

ވޭޖް ޕޫލުގައި ރަޖިސްޓަރީ ކުރެވޭނެ ގޮތް:

ކުރިމަތިލާ ފަރާތްތަކުން މަޤާމުތަކަށް ޝަރުޠު ފުރިހަމަވޭތޯ ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭ ތަރުތީބުން ވޭޖް ޕޫލުގައި ރަޖިސްޓަރީކޮށް އެކަން އެފަރާތްތަކަށް އެންގޭނެއެވެ.

މަސައްކަތަށް ނެރެވޭނެ ގޮތް:

އިމާމުންނާއި ކައުންސިލް އެސިސްޓެންޓުން މިސްކިތަށް ނުނިކުންނަވާ ހާލަތްތަކުގައި ވޭޖް ޕޫލް ރަޖިސްޓަރީގައިވާ ތަރުތީބުން އިމާމުން، މުދިމުން އަދި ކައުންސިލް އެސިސްޓެންޓުން މިސްކިތްތަކަށް ނިކުންނަން ދެންނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ސުންގަޑި:

ދާއިރާއާ ގުޅޭ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ދާއިރާއާ ގުޅޭ މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ އާއެކު 11 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ސިޓީ އަކުން ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއުކުރުން:

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތައް ވަޒީފާއަށް ޤާބިލުކަން ހުރިމިންވަރު ބެލުމަށް ބާއްވާ އިންޓަވިއު 2025 އޮގަސްޓު 12 އާއި 14 އާ ދެމެދު މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އިންޓަވިއުއަށް ޙާޟިރުވާންވީ ގަޑި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެ އެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 އޮގަސްޓް 2025
ހޯދާ