ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންސިޕަލް ކެބިންގެ ޕާޓިޝަން މަރާމާތު ކުރުމާގުޅޭ

މިމަދަރުސާގެ ޕްރިންސިޕަލްގެ ކެބިންގެ ޕާޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މަދަރުސާގެ GS81/IUL/2015/31ފ(17 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 06 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00އަށް މިމަދަރުސާއަށް ދުރުވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވައި ހުށަހަޅުއްވާ ސިޓީއާއި އަންދާސީހިސާބު ޤަބޫލުނުކުރާނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި މިމަދަރުސާގެ ނަންބަރު 6500538 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015
ހޯދާ