ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން:
ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މާލެގަން ބަނޑަހަލްފަންނު ވޮލީ ކޯޓް ފެންސް ނުޖަހާ ހުރި ޞަރަޙައްދުގައި ފެންސް ޖެހުން.
- ހުކުރު މިސްކިތު ތާނގީ ގުދަނަކަށް ބަދަލުކުރުން.
- 04 ބެންޗް ހެދުން (ދަގަނޑު ހޮޅިން)
- 01 ރެފްރީ ހަރުގަނޑު ހެދުން (ދަގަނޑު ހޮޅިން)
- 06 ޕާރކް ބެންޗް ހެދުން (ކޮންކްރިޓުން)
ވީމާ، ކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މާލެގަން ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، 10:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައިގެ ބޭރުގައި "މާލެގަން ކައުންސިލްގެ އެކިއެކި މަސައްކަތްތަކުގެ އަންދާސީހިސާބު" މިގޮތަށް ޖައްސަވާފައެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ ކުރިން ދެންނެވުނު ގަޑީގައި މާލެގަން ކައުންސިލް އިދާރާގެ މީޓިންގރޫމުގައި ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
15 ޛުލްޙިއްޖާ 1436