ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވަށައިގެންވާ މަގުތައް ސާފުކުރުމާއި ބެހޭ

    މިރަށަކީ ސާފުޠާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވޭނީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. ނަމަވެސް މިރަށުގެ ބައެއް ގޯތި ތަކުގެ ވަށައިގެންވާ މަގު ސާފު ނުކޮށް ހުރުމުގެ ސަބަބުން މަގުމަތީގައި ވިނަ އާއި ބޮޑެތިގަސް ފަޅައި މަގުމަތި  ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.  މިކަމުގެ ސަބަބުން މަގުމަތީގެ ރީތިކަން ގެއްލި ހިނގާބިގާވެ އުޅުމަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

    އެހެންކަމުން 31 އޮގަސްޓް 2025 ގެ ނިޔަލަށް  ސާފުނުކޮށް ހުރި ގޯތިތަކާއި، ގޯތިތަކުގެ ވަށައިގެންވާ މަގުތައް ސާފު ކުރުމަށް އަންގަމެވެ. މި މުއްދަތުގެ ނިޔަލަށް ސާފުނުކޮށް ހުރި ގޯތިތަކުގެ މަޢުލޫމާތު އާންމުކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

05 އޮގަސްޓް 2025
ހޯދާ