ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ލައިބްރޭރިއަން - ލައިބްރަރީ

މަޤާމް :ޑެޕިއުޓީ ލައިބްރޭރިއަން - ލައިބްރަރީ
ބޭނުންވާ އަދަދު :1

މަޤާމް:                     

ޑެޕިއުޓީ ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

ވަޒީފާގެ ބާވަތް:

ދާއިމީ

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރ

ސަރވިސް އެލަވަންސް:

މަހަކު 3,793.19 ރ

އިނާޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން  1 އަހަރުގެ ތަޖުރިބާ ލިބިފައިވުން

**މި މަޤާމަށް މުވައްޒަފުން ހޮވުމުގައި އައި.ޓީ ހަދާފައި ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ލައިބްރަރީގެ ސިޔާސަތުތައް އެކުލަވާލާ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
  2. ލައިބްރަރީގެ ޕްލޭންތައް ހެދުމާއި، އެޕްލޭންތަކާއި އެއްގޮތަށް އެންމެހާ ލައިބްރަރީތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެޕްލޭންތައް ތަންފީޒްކުރުމުގައި ދިމާވާކަންކަމަށް ހައްލު ހޯދައިދިނުމާއި މޮނިޓަރކުރުން.
  3. ލައިބްރަރީގައި ކުރެވޭ އެންމެހާ ކަންތައްތަކާއި ގުޅޭ ޕްރޮސީޖަރ / އެސް.އޯ.ޕީ ފަދަ ބައިތައް ތައްޔާރުކުރުމާއި، ލައިބްރަރީ މުވައްޒަފުންނަށް މަސައްކަތާއި ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ޔުނިވަރސިޓީގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުން.
  4. ލައިބްރަރީ ގައި ބޭނުން ކުރާ ސޮފްޓްވެއަރ ތައް އަދި ވެބްސައިޓް މެނެޖްކުރުމުގައި ބައިވެރިވުމާއި ސޯޝަލް މީޑިއާ ގެ ޒަރިއްޔާއިން ތަނުގެ ޚަރަކާތްތައް ޕްރޮމޮޓްކުރުމަށް އިސްނަގައި މަސައްކަތް ކުރުން.
  5. ލައިބްރަރީ މަސައްކަތްތަކުގެ ތެރެއިން ލައިބްރޭރިއަން ޒިންމާވާގޮތަށް ހަމަޖެއްސޭ މަސައްކަތްތައް ރޭވުމާއި، މަސައްކަތް ހިނގާގޮތްބެލުމާއި، ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު މަޝްވަރާކޮށް ހައްލުހޯދުމާއި، މަސައްކަތް މޮނިޓަރކޮށް ބެލުން.
  6. ލައިބްރަރީއަށް ފޮތް ހޯދުމުގައި (ގަތުމާއި، ޑޮނޭޝަންސް) މަސައްކަތް ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހޭކަންކަމުގައި އެހީތެރިވެ، ފޮތްލިބުމުން ޕްރޮސެސްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާރކިޔުލޭޝަންއަށް ފޮތްތައް ނެރުމުގައި ކުރަންޖެހޭ ކަންކަން ކުރުން / ކުރުވުން.
  7. ޔުނިވަރސިޓީއާއި ލައިބްރަރީ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރާކަންކަން ރޭވުމާއި، ބައިވެރިވުމާއި، އިންތިޒާމްކުރުމާއި އެކަންކަން ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  8. ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަދި ޑާޓާ ބޭސް ތައް ބެލެހެއްޓުމުގައި ބައިވެރިވެ ކުރަންޖެހޭ ކަންކަން ކުރުމާއި މިބައިތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އަންގައިދިނުމަށް ހިންގާ އިންފޮމޭޝަން ލިޓަރަސީ ސެޝަންތައް ރާވައި ހިންގުން.
  9. ލައިބްރަރީ ހިންގުމުގައި ހެދޭ ޤަވާއިދުތަކާއި، އުޞޫލްތައް އަދި ތާވަލްތައްހަދާ / ހެދުމުގައި ބައިވެރިވެ،އެކަންކަން ތަންފީޒްކުރުމުގައި ދެމިހުރުން.
  10. މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި، އިންޑަކްޝަން ހިންގުމުގައި، އެޕްރޭސް ކުރުމުގައި އަދި ޕްރޮމޯޝަންދިނުމުގައި  ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ބައިވެރިވެ ކުރުން.
  11. މީގެ އިތުރުން ޔުނިވަރސިޓީގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލު ކުރެވޭ މަސައްކަތެއް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 އޮގަސްޓް 11 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-130

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
05 އޮގަސްޓް 2025
ހޯދާ