މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީގައި ސްކޭޓް ޕާކެއް، ވެއިޓިންގ އޭރިޔާއެއް ޑިޒައިންކޮށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ބ.އޭދަފުށީގައި އައުޓްޑޯރ "ކޮންކްރީޓް" ސްކޭޓް ޕާކެއް، ވެއިޓިންގ އޭރިޔާއެއް ޑިޒައިންކޮއް ތަރައްގީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 05  އޯގަސްޓް 2025 ދުވަހުން ފެށިގެން 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އިމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ލިންކް: https://forms.gle/i6Yeaw58T8KpwvNe7

 

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން:

މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 އޯގަސްޓް 2025 ވާ އާދިއްތަ ދުހުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.  މި ބީލަމާއިގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  31  އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

ބީލަން ހުށަހެޅުން އޮންނާނީ 2025  ސެޕްޓެމްބަރ 08 ވާ ހޯމަ ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .ބީލަން ހުޅުވުން އޮންނާނީ 08 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:05 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 އޮގަސްޓް 2025
ހޯދާ