ދިވެހިރާއްޖެ
އިޢުލާނު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިރަށުގައި މިހާރު ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ބ. ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް އަށާއި (ކެޓަގަރީ- އޭ) ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓަށް (ކެޓަގަރީ– ބީ) ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު ޢާއްމުކުރަމެވެ.
ވީމާ، މި ލިސްޓުގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2025 އޮގަސްޓް 05 ވަނަ ދުވަހުން ފެށިގެން ހުޅުވައިލަމެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ، 2025 އޮގަސްޓް 11 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ސިޓީންނާއި އީ- މެއިލްގެ ޒަރިއްޔާއިންވެސް ޝަކުވާ ހުށަހެޅޭނެއެވެ. އީ މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅުއްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޝަކުވާގެ ސިޓީ/ލިޔުމުގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައި.ޑީ. ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ފަދަ މުހިއްމު މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި އަނގަބަހުންނާއި ފޯނުން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަނެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ކެޓަގަރީ- އޭ (ތުޅާދޫގެ ރައްޔިތުންނަށް ޚާއްޞަ ކެޓަގަރީ) އަދި ކެޓަގަރީ- ބީ (ބ. ތުޅާދޫ އަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓް، ކައުންސިލް އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަށް ހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.