މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ބިޒްނަސް ޓްރާންސްފޮމޭޝަން ކޮންސަލްޓަންޓް

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް މޯލްޑިވްސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މި މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރު، ތަޖުރިބާ އަދި ހުނަރު މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި މަޤާމުގެ މަސްޢޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

މުސާރަޔާއި އިނާޔަތްތައް

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަނޑައެޅޭނެ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިނޮވޭޝަން އެންޑް އާކިޓެކްޗަރ ސާރވިސަސް /ޑޭޓާ އެންޑް އިނޮވޭޝަން ގްރޫޕް

ބޭނުންވާ ޢަދަދު:

02 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް، ސޮފްޓްވެއަރ އިންޖީނިއަރިންގ އާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ހުނަރުތައް ތަރައްގީކުރުން
  • ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމާއި، ޓެސްޓްކުރުމާއި ބެލެހެއްޓުމުގަައި އެހީތެރިވުން
  • ޕްރޮޖެކްޓް ރިކުއުމަންޓްތަކާއި ކޯޑިންގ ޕްރެކްޓިސްތައް ދެނެގަނެ ކޯޑިންގ މަސައްކަތްތައް ކުރުން
  • އެމްއެމްއޭގައި ބޭނުންކުރާ އެޕްލިކޭޝަންތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ގަވަނަންސް އެންޑް ކްލަޔަންޓް ސާވިސަސް ސެކްޝަން/ އިންފޮމޭޝަން ޓެކްނޮލަޖީ ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޖީސީއީ އޭލެވެލް ގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން

ނުވަތަ ކޮމްޕިއުޓަރ ސައިންސް ނުވަތަ އައި.ޓީ އާ ގުޅުހުންހުރި ދާއިރާއަކުން ޑިޕްލޮމާ ފާހެއް ހާޞިލްކޮށްފައިވުން.

  • އޯލެވެލް ކޮމްޕިއުޓަރ ސައިންސް ނުވަތަ އައި.ޓީ އާ ގުޅުހުންހުރި ސެޓްފިކޭޝަނެއް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފަސްޓް ލައިން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ސަޕޯޓް ޓިކެޓްތައް ކަނޑައެޅިފައި ވަގުތުގެ ތެރޭގައި މެނޭޖްކޮށް ހައްލުކުރުން
  • ކޮމްޕިއުޓަރ، ޕްރިންޓަރ އަދި އެހެނިހެން ޕެރިފަރަލްސް ސެޓްއަޕްކޮށް ކޮންފިގްރޭޓްކުރުމުގައި އެހީީތެރިވުން
  • އެސް.ސީ.ސީ.އެމް އަދި އެހެނިހެން އެންޓަޕްރައިސް ޓޫލްސް ހިމެނޭގޮތަށް އައި.ޓީ ސިސްޓަމްތައް ޑިޕްލޮއިކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުން
  • ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާގޮތްތައް ޑޮކިއުމަންޓްކޮށް ބެލެހެއްޓުން.

އައި.ޓީ ގެ އާއްމު އުސޫލުތަކާއި ސެކިއުރިޓީ ގައިޑްލައިންތަކާ ބެހޭ މައުލޫމާތުތައް މުވައްޒަފުންނަށް ފޯރުކޮށްދިނުން

މުސާރަޔާއި އިނާޔަތްތައް

12،750.00 – 14،250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޖީސީއީ އޭލެވެލް ގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން ނުވަތަ މަލްޓި މީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިންއާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ފާހެއް ހާސިލްކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި މަލްޓިމީޑިއާ ނުވަތަ ގްރެފިކްސް ޑިޒައިންފަދަ އާރޓްސް ދާއިރާގެ ފާހެއް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ވިޝުއަލް ކޮންޓެންޓް ޑިވެލޮޕްކޮށް ޑިޒައިންކުރުން
  • އިވެންޓަތަކުގެ ވީޑިއޯ ތައްޔާރުކުރުމާއި ފޮޓޯ ނެގުން
  • މަލްޓިމީޑިއާ ކޮންޓެންޓާއި ނޫސްބަޔާންތައް ތައްޔާރުކުރުން އަދި މީޑިއާ ފައިލްސްތައް ޑޮކިއުމަންޓްކޮށް ރިކޯޑް ކުރުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޑިގްރީ/މާސްޓަރސް ސެޓްފިކެޓް އެކްރެޑިޓްކުރުމަށްފަހު) އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

14 އޮގަސްޓް 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

04 އޮގަސްޓް 2025
ހޯދާ