ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް

އިޢުލާނު

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

މުސާރަ:

މަހަކު 8835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު 4000.00 ރުފިޔާ

ފޯން އެލަވަންސް:

މަހަކު 500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް 50.00 ރުފިޔާ ދެވޭނެއެވެ.
  • މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ ޝަރުތުތައް

  1. ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް،  ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ރިސާރޗް މެތަޑްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ޕޮލިސީ، ސްޓެޓިސްޓިކްސް، ޑޭޓާ ސައިންސް، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ؛
  2. ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް،  ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ރިސާރޗް މެތަޑްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ޕޮލިސީ، ސްޓެޓިސްޓިކްސް، ޑޭޓާ ސައިންސް، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ ހާސިލް ކޮށްފައިވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. މީގެ ތެރެއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަކީ ހިންގުމުގެ ތަޖުރިބާ ކަމުގައި ވާންވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ ރިސާރޗް އެންޑް ސްޓެޓިސްޓިކްސް ޑިޕާރޓްމަންޓްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ފަންނީ މަސައްކަތްތައް އޮތޯރިޓީގެ ބޯޑު އަދި ސީ.އީ.އޯގެ އިރުޝާދާ އެއްގޮތަށް ކުރުން. އަދި، މި ޑިޕާރޓްމަންޓުގެ މަސައްކަތްތައް ހަރުދަނާ ކުރާނެ ގޮތުގެ ފަންނީ ލަފައާ އިރުޝާދު ބޯޑު އަދި ސީ.އީ.އޯ އަށް ދިނުން.
  2. ގެވެށި އަނިޔާގެ ހާލަތު ދެނެގަތުމަށާއި، ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ މިނޫން ކަންކަމުގައި އޮތޯރިޓީން ކުރުމަށް ކަނޑައަޅާ ނުވަތަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ ދަށުން ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން.
  3. ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މައުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމުގައި ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، އެކަންކަމުގައި މުވައްޒަފުންނާއެކު ބައިވެރިވެ މަސައްކަތްކުރުން.
  4. އޮތޯރިޓީން ކުރުމަށް ކަނޑައަޅާ ނުވަތަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ ދަށުން ކުރަންޖެހޭ ދިރާސާތަކުގެ ތެރެއިން ކޮންސަލްޓަންސީ އުސޫލުން ކުރުމަށް ކަނޑައަޅާ ދިރާސާތަކާ ގުޅިގެން، ކަމާބެހޭ ކޮންސަލްޓަންޓުން ހޯދުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމާއި، ކޮންސަލްޓަންޓުން އެކުލަވާލާ ރިޕޯޓްތަކާއި ލިޔެކިޔުންތަކަށް އޮތޯރިޓީގެ ފަރާތުން ކޮމެންޓުކުރުމާއި، މިކަންކަމާ ގުޅޭ މައުލޫމާތު ސީއީއޯ ނުވަތަ ބޯޑަށް ހުށަހެޅުމާއި، ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން.
  5. އޮތޯރިޓީން ކަނޑައަޅާ ކަންކަމާ ގުޅޭ ނުވަތަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ ދަށުން ތައްޔާރުކުރަންޖެހޭ ޑެސްކް ރިވިއު، ސިޗުއޭޝަނަލް އެނާލިސިސް ފަދަ ސްޓަޑީތައް ތައްޔާރުކޮށް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގުން.
  6. އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ނުވަތަ އޮތޯރިޓީގެ މަސައްކަތާއި ގުޅިގެން އެހެނިހެން މުއައްސަސާތަކުން ތައްޔާރުކުރާ ދިރާސާތަކަށް އޮތޯރިޓީގެ ފަރާތުން ހިއްސާވެވޭނެ ގޮތްތައް ހޯދައި، އެފަދަ ކަންކަމުގައި ހިއްސާވެ ހިޔާލުދީ ބައިވެރިވުން. 
  7. ގެވެށި އަނިޔާއާ ގުޅޭ ގޮތުން އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓްތަކާއި ދިރާސާތައް އެނަލައިޒްކޮށް، މި ރިޕޯޓްތަކާއި ދިރާސާތަކުން ފާހަގަ ކުރެވޭ ކަންކަން ފާހަގަކޮށް އަޅަންޖެހޭ ފިޔަވަޅެއް ނުވަތަ ކުރަންޖެހޭ މަސައްކަތެއް އޮތްނަމަ އެކަމާ ގުޅޭ މައުލޫމާތު ސީއީއޯއަށް ހިއްސާކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  8. ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅިފައިވާ ތަފާސްހިސާބުތައް އެއްކުރުމާއި، އެ ތަފާސްހިސާބުތައް އެނަލައިޒް ކޮށް، ފާހަގަކުރެވޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ރާވައި ހިންގުން.
  9. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކޮށް، އިވެލުއޭޓް ކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  10. މަސައްކަތާ ގުޅޭ ގޮތުން މީޑީއާ ޕްރޮގްރާމްތަކުގައި އޮތޯރިޓީ ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުމުގެ މަސައްކަތް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  11. ޤާނޫނު ނަންބަރު 2012/3 އަށް އަހުލުވެރިވެ، އަދި ގުޅުންހުރި ޤާނޫނުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
  12. ޑިޕާރޓްމަންޓުގެ އިތުރުންވެސް، އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައްކުރުމާއި، އޮތޯރިޓީއިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، ތަމްރީން ޕްރޮގްރާމްތަކުގައި އެހީތެރިވުމާއި ބައިވެރިވުން.
  13. އޮތޯރިޓީގެ މަންތްލީ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  14.  މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 14 އޯގަސްޓް 2025 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  • މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
04 އޮގަސްޓް 2025
ހޯދާ