އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭނެއް ގަތުމާބެހޭ

އައްޑޫސިޓީ ކައުންސިލް އިދާރާއަށް ވޭނެއް ގަތުމާބެހޭ

މި އިދާރާއަށް 14 މީހުންގެ ޖާގައިގެ ރީކޮންޑިޝަން ވޭނެއް ގަންނަން ކުރެވުނު ނަންބަރު: IUL)426-AB/426/2015/122) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުވާތީ އެ އިޢުލާނު ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ، މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަންގައިވެސް ބައިވެރިނުވެވޭނެއެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ