އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ވަގުތީ ޢިމާރާތެއް ކުއްޔަށް ހިފުން

އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް އެކަށީގެންވާ (3 ކޮޓަރިއާއި، ސިޓިންރޫމް އަދި މަދުވެގެން 1 ފާޚާނާ ހިމެނޭ) ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ޢިމާރާތް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވުން އޮންނާނީ 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގައެވެ. ކަނޑައަޅާފައިވާ ގަޑީގެ ފަހުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

04 އޮގަސްޓް 2025
ހޯދާ