މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލް ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން (2ވަނަ އިޢުލާން)

ނީލަމާއިބެހޭ މަޢުލޫމާތު

މި ސްކޫލުގެ ނަންބަރު (IUL-G)GS113/2025/012 އިޢުލާނާ ގުޅިގެން ނީލަމުން ނުނަގައި ހުރި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 07 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި މި ސްކޫލުގެ ގޯތި ތެރޭގައި އެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

ނީލަންކިޔުމުގެ އުސޫލު

1-    ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

2-    ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

3-    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

4-    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، 11 އޯގަސްޓް 2025ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ސްކޫލަށް ދައްކައި ޚަލާޞްކުރަންވާނެއެވެ.

            ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 07 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. 

04 އޮގަސްޓް 2025
ހޯދާ