ދިވެހިރާއްޖެ
އިޢުލާން
FIVB Coaches Course Level 1 ގައި ބައިވެރިވުމަށް ހުޅުވާލުން
"ވޯލްޑް ވޮލީބޯލް ޑޭ" ފާހަގަ ކުރުމަށް، މި އެސޯސިއޭޝަނުގެ ފަރާތުން، މި އަހަރުގެ ޖުލައިމަހުގެ 7 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިޢުލާންކޮށްފައިވާގޮތަށް، އަތޮޅުތެރޭގެ ވޮލީބޯޅަ ތަރައްގީކުރުމަށްޓަކައި، މިއަންނަ ސެޕްޓެމްބަރު މަހުގެ 19-15 އަށް FIVB Coaches Course, Level 1 ރާއްޖޭގައި ބޭއްވުމަށް ގަސްދުކުރަމެވެ.
މި ކޯހުގައި ބައިވެރިވުމަށް ކޮންމެ އަތޮޅު ކައުންސިލްއަކަށް 1 ފުރުސަތު އަދި ކޮންމެ ސިޓީ ކައުންސިލަކަށް 1 ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ކޯހާ ގުޅޭ މަޢުލޫމާތު، މި އެސޯސިއޭޝަނުގެ ފަރާތުން އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލަށް އީ-މެއިލްގެ ޒަރީއާއިން ފޮނުވަމުން ގެންދާނެއެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ގަސްދުކުރައްވާ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން، މި އެސޯސިއޭޝަނުން ހިއްސާކުރާ މަޢުލޫމާތާއެއްގޮތަށް، ބައިވެރިންގެ މަޢުލޫމާތު މި އެސޯސިއޭޝަނަށް ފޮނުއްވުން އެދެމެވެ.
މި ކޯހާބެހޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އެސޯސިއޭޝަނުގެ [email protected] އަށް އީ-،މެއިލް ކުރެއްވުން އެދެމެވެ.