ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީން ބަންޑާރަ ބިން ގަނެ ވިއްކުމަށް ކައުންސިލަށް ދައްކަންޖެހޭ ޢަދަދު 300 ރުފިޔާއަށް ބަދަލުކުރި ނިންމުން މުރާޖަޢާ ކުރުން
ތިނަދޫ ސިޓީން ބަންޑާރަ ބިން ގަނެ ވިއްކުމަށް ކައުންސިލަށް ދައްކަންޖެހޭ ޢަދަދު -/300 (ތިންސަތޭކަ) ރުފިޔާއަށް ބަދަލުކުރި، ނަންބަރު TND/NMN-4DR-69/2024/01 (03 ޖަނަވަރީ 2024) ނިންމުން ބާޠިލްކޮށް، ތިނަދޫ ސިޓީގެ ބަންޑާރަ ބިން ގަނެ ވިއްކުމަށް ދައުލަތައް (ކައުންސިލަށް) ދައްކަންޖެހޭ ޢަދަދު އަކަފޫޓަކަށް -/50 (ފަންސާސް) ރުފިޔާ ކަމަށް 10 ޖުލައި 2025 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 188ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާތީ، ކުރިން މިއިދާރާއިން ކުރެވިފައިވާ ނަންބަރ (IUL)415/415/2024/46 (03 އޮގަސްޓް 2025) އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ.
މިހެންވެ, މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
10 ޞަފަރު 1447