މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ:

ބަނދަރު ފެންއިސްކުރު 3 ތަނބު އަމިއްލަތަކެތީގައި އަޅާ ހޮޅިލައިނާއި ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް  މެދުވެރިކޮށް ([email protected]) ށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ. މި އިޢުލާނާއެކު މިމަސައްކަތަށް ބޭނުންވާ ތަކެތި އަދި ކުރެހުން އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

  1. މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްޞީލާއެކު ހުށަހެޅުން (ކޯޓޭޝަން)
  2. މިމަސައްކަތްތަކަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

03 އޮގަސްޓް 2025
ހޯދާ