ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ މައުލޫމާތުޝީޓާއި އެއްގޮތަށް ދަމަނަވެށި ބޭރު ފާރުގައި ޑިޖިޓަލް ޓީވީ އެއް ހަރުކޮށް، ޓީވީ ކަރަންޓު ގުޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތުގެ އިންސްޕެކްޝަން ހެދުމަށް ބޭނުންވާ ފަރާތްތަކުން 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 14:00 އަށް ދަމަނަވެއްޓަށް ވަޑައިގަތުން އެދެމެވެ. ވީމާ، މަތީގައިވާ މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުން 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޯޓޭޝަން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. އަދި ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މައުލޫމާތު ޝީޓްގައިވާ ހުރިހާ އައިޓަމެއް ފެންނަގޮތަށް ކޯޓޭޝަން ހުށަހަޅަންވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
10 ޞަފަރު 1447ހ.