ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މި އިދާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2025" މި އަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަހަރުގެ ފެސްޓިވަލްގައި ހިމެނޭނީ ފިރިހެން ބޭފުޅުންނަށް ފުޓްބޯޅަ މުބާރާތަކާއި އަންހެން ކަނބަލުންނަށް ހޭންޑްބޯލް މުބާރާތެކެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން، އެއްކަރުދާސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް، ޓީމްލިސްޓް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމްތައް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު މުބާރާތުގެ ޤަވާއިދާއި ފޯމުތައް އާއްމުކުރެވިފައިވާނެއެވެ.

މުބާރާތުގެ ރަޖިސްޓަރޭޝަން ފޯމު ހުށަހަޅަންޖެހޭ ސުންގަޑި

25 ސެޕްޓެމްބަރ 2025 (12:00)

ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑި

23 އޮކްޓޯބަރ 2025 (12:00)

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޚް

07 ނޮވެމްބަރ 2025

އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް

[email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

6520042 އާ ގުޅުއްވުން އެދެން

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 އޮގަސްޓް 2025
ހޯދާ