މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު ފެރީ ޓާރމިނަލް 1 ފުލޯ އިމާރާތުގެ ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ރ.މާކުރަތު ފެރީ ޓާރމިނަލް 1 ފުލޯ އިމާރާތުގެ ޑީޓެއިލްސް ޑްރޯވިންގްސްއާއި، ތްރީ ޑީ ޑްރޯވިންގްސް އަދި ބީ.އޯ.ކިއޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ މަޢުލޫމާތު ސާފުކުރެވުމަށްފަހު، މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.  

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޙާއްސަ ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މިކައުންސިލްގެ މެއިލް    [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވުނީއެވެ. ރަޖިސްޓްރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ މިއިޢުލާނު ގެޒެޓު ކުރާ ދުވަހުން ފެށިގެން 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީ ބިޑް މީޓިންގ

ރ.މާކުރަތު ފެރީ ޓަރމިނަލް 1 ފުލޯ އިމާރާތުގެ ކުރެހުންތައް ތައްޔާރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ސެކިއުރިޓީ

މި އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޟިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން  ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލަށް ލިބިގެންވެއެވެ. އަދި ޕްރީ ބިޑް ޕްރޮސަސްގެ  ކޮންމެ ވަގުތެއްގައިވެސް ބާޠިލްކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

03 އޮގަސްޓް 2025
ހޯދާ