އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިސްޕްލޭ ޕެނަލް ހޯދުމަށް

މި ހޮސްޕިޓަލަށް 6 ޑިސްޕްލޭ ޕެނަލް ހޯދުމަށް 3 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ ނަންބަރު IU/PR/2015/148ފ-137 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ލެކްޗަރ ހޯލް

14:00

7 އޮކްޓޫބަރު 2015 (ބުދަ)

މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

11:00

12 އޮކްޓޫބަރު 2015 (ހޯމަ)

އަންދާސީހިސާބު ހުށަހެޅުއްވުމަށް

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ