ދިވެހިރާއްޖެ
ބ.ކިހާދޫގައި ފިނިމައިޒާނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން
ބ.ކިހާދޫގައި ފިނިމައިޒާނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)316/316/2025/70 އިޢުލާނާ ގުޅިގެން ލިބިފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2025 އޮގަސްޓް 12 ވާ އަންގާރާ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރުއްވާ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާ ފަރާތްތަކުން މި އިދާރާގެ އީމެއިލް:[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން:
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2025 އޮގަސްޓް 13 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި، ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އީމެއިލް އެޑްރެހަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.