ދިވެހިރާއްޖެ
ވައިގަދަވުމުގެ ސަބަބުން ގދ. ހޯނޑެއްދޫގެ ބީރާފަންނާ ސަރަޙައްދުން ވެއްޓުނު ރުއް ކަނޑާލުމަށް އިތުރަށް ކަނޑަންޖެހުނު ރުކުގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިރުކުގެ ބުޑުގައި މިކައުންސިލުން 1 ނަންބަރު ޖަހާފައި ވާނެއެވެ. ވީމާ، މިރުކުގެ ވެރިފަރާތުން(ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އެގޭނެގޮތަށް 2025 އޮގަސްޓް 10 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގައި ވެރިފަރާތުން އެމީހެއްގެ ރުކެއް ނުވަތަ ގަހެއް ކަމުގައި އިޢުލާނުގައި ބަޔާންކުރެވިފައިވާ ފަދައިން އެނގޭ ގޮތަށް ހުށަނާޅައިފިނަމަ ކަނޑާލެވުނު އެރުކަކީ އެއްވެސް މީހެއްގެ ރުކެއް ނޫންކަމުގައި ބަލައި ނައްތައިލެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮއް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.