ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 38 މަގުބައްތި ހަދުމާއި، ހަރުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލް  | 
 ތާރީޚް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން  | 
 10 އޮގަސްޓް 2025  | 
 11:00  | 
| 
 ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި  | 
 10 އޮގަސްޓް 2025  | 
 14:00  | 
| 
 ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން  | 
 17 އޮގަސްޓް 2025  | 
 11:00  | 
އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
