ދިވެހިރާއްޖެ
މިކޮމެޓީ އާއި ކައުންސިލް ގުޅިގެން މިހިނގާ އޯގަސްޓް މަހުގެ 17 އިން 30 އަށް، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޯޗިންގ ކޭމްޕް ހިންގައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2025 އަށް ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ޕްރޮޕޯސަލް ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ. އެކަޑަމީ އަކުންނަމަ އެ އެކަޑަމީގެ މަސްޢޫލުވެރިޔަކު ނުވަތަ އެކަޑަމީގެ ރަޖިސްޓްރީކޮށްފައިވާ ހިންގާ ކޮމެޓީގެ މެމްބަރެއްގެ އެކައުންޓުންނެވެ. ކައުންސިލްގެ އިދާރާ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކޭމްޕްގެ ޚަރަދުތަކުގެ ތެރެއިން ދަތުރާއި ހުރުމުގެ ޚަރަދު ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރައްވަން ޖެހިވަޑައިގަންނަވާނީ ކޯޗިންގ ކޭމްޕް ހިންގާ ފަރާތުންނެވެ.
ޕޮއިންޓް ދެވޭނޭގޮތް:
- މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 80 މާކްސް ލިބޭގޮތަށް)
- އެކަޑަމީ ހިންގުން: 10% (އެކަޑަމީއަކުން ހުށަހަޅާ ފަރާތަކަށް 10 މާކްސް ލިބޭގޮތަށް)
- ކޮލިފައިޑް ކޯޗުން: (ހުށަހަޅާ ކޮލިފައިޑްކޯޗުންގެ ޢަދަދު، ހުށަހަޅާ ކޮންމެ ކޯޗަކަށް 2 މާކްސް ލިބޭގޮތަށް ކޯޗުގެ ކޮލިފިކޭޝަން ބަލާނީ ދަށްވެގެން އެފްއައިވީބީ ލެވެލް 1)
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.