މަޤާމު
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އީއެކްސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހުޅުމާލެ ހޮސްޕިޓަލް / ޑައިރެކްޓް ފަންކްޝަން ޑިޕާޓްމަންޓް، އެޑްމިނިސްޓްރޭޓިވް އެންޑް އެގްޒެކްޓިވް ސަޕޯޓް ޑިވިޜަން
|
ޑިޕާޓްމެންޓް:
|
ޑައިރެކްޓް ފަންކްޝަން ޑިޕާޓްމަންޓް
|
މުސާރަ:
|
މަހަކު -/11065 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު -/1300 ރުފިޔާ
ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
ހެލްތް އެލަވަންސް: މުސާރައިގެ %35
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބެންވާނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ޑައިރެކްޓް ފަންކްޝަންސް އިން ކުރަންޖެހޭ މަސައްކަތްތައް ޗީފް އެގްޒެކަޓިވް އޮފިސަރގެ އިރުޝާދުގެ ދަށުން ވިލަރެސްކުރުމާއެކު ޖެނެރަލް އެޑްމިނިސްޓްރޭޝަން އަދި އެގްޒެކަޓިވް ސަޕޯޓް ޔުނިޓުގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ސީއީއޯގެ ދަތުރުތަކާއި، ބައްދަލުވުންތަކާއި، ރަސްމީ ޙަފްލާތަކުގެ ޕްރޮޓޮކޯލް، ލިޔެކިޔުންތައް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓުމުގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިނގް ބޯޑުގެ ބައްދަލުވުންތައް އިންތިޒާމުކުރުމުގައި ބޯޑުގެ ސެކްރެޓޭރިއެޓްއާ ގުޅިގެން ކުރަންޖެހޭ ކަންކަން އިންތިޒާމުކުރުން.
- މުވައްޒަފުންގެ މެދުގައި ޕްރޮފެޝަނަލް ކުރިއެރުމުގެ ސަގާފަތެއް އުފެއްދުމުގެ އިތުރުން، ސްޓްރެޓެޖިކް އެލައިންމަންޓާއި، އޮޕަރޭޝަނަލް އެފިޝަންސީއާއި އަދި އެގްޒެކެޓިވް ބިއުރޯ، އެޑްމިނިސްޓްރޭޓިވް ޔުނިޓް، އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް މެނޭޖްކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ މުވައްޒަފުންގެ ފަންނު އިތުރު ކުރުމަށް އެޗް.އާރއާ ގުޅިގެން މަސައްކަތްކުރުން
- ހޮސްޕިޓަލުގައި އިދާރީ ގަވަރނަންސްގެ އޮނިގަނޑުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ނިންމުންތައް ނިންމުމާއި ހިންގުމުގެ ހަރުދަނާކަން އިތުރުކުރުން ކަށަވަރުކުރުމާއި ހޮސްޕިޓަލުގެ ކަންކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރަސްމީ ލިޔެކިޔުންތަކާއި ހޮސްޕިޓަލުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ގަވާރނިންގ ބޯޑު އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި ކުރަންޖެހޭ މުޢާމަލާތްތައް ބެލެހެއްޓުމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި އަދި އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސްޓެޓިސްޓިކްސްތައް ބަލާ ޗެކްކުރުމާއެކު މި ސްޓެޓިސްޓިކްސްތައް ގަވައިދުން ފޮނުވޭކަން ކަށަވަރުކުރުން.
- ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނާ ގަވާއިދުތަކާއި، މެނޭޖްމަންޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަން ހައްލުކުރުމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން.
- ސީ.އީ.އޯ، ނިންމަވާ ނިންމެވުންތަކާއި އެކްޒެކެޓިވް ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުމަށް އެގްޒެކެޓިވް ބިއުރޯގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުންދީ، ބިޔުރޯގައި އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސަކަތްތައް ސުޕަވައިޒްކޮށް މަސައްކަތް ކުރުވާ ބެލެހެއްޓުމާއި، އެގްޒެކެޓިވް ބިޔުރޯ އަދި ސީއޯއޯއަށް ރިޕޯޓުކުރާ މުވައްޒަފުންގެ ހާޒިރީއާ ގުޅޭ މަސައްކަތްތައް އެޗް.އާރް ޕޯރޓަލް މެދުވެރިކޮށް ރިކުއެސްޓު ކުރުމާއި ހުއްދަދިނުން. ސީ.އީ.އޯ ޑިޕާޓްމަންޓުތަކުގެ ވެރިންނާ ހަވާލުކުރައްވާ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބަލާ، މެއިންޓެއިންކޮށް ދުވަހުން ދުވަހަށް ކުރެވޭކަން ޔަޤީންކޮށް އަޕްޑޭޓްކޮށް ރިޕޯރޓްކުރުން.
- ސަރވިސް އެކްސެލެންސް ޓީމާ ގުޅޭ އިދާރީ ކަންކަން ރާވާ ހިންގާ ބެލެހެއްޓުމާއި، ސަރވިސް އެކްސެލެންސް ޓީމް ލީޑްކުރާ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދުތައް ގަވައިދުން ދިނުމާއި، ސަރވިސް އެކްސެލެންސް ޓީމަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ކަމާގުޅޭ ޑިޕާޓްމަންޓުތަކާ ގުޅިގެން ފޯރުކޮށްދެވެމުންދާކަން ކަށަވަރުކުރުކޮށް، ހޮސްޕިޓަލުގެ މަސައްކަތްތަކާ ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހަބަރު ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ހޮސްޕިޓަލުގެ ވެބްސައިޓް، ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބަލަހައްޓަމުންދާކަން ޔަގީންކުރުން.
- ހޮސްޕިޓަލްތަކުގެ ޑިވެލޮޕްމަންޓް (އިންފްރާސްޓްރަކްޗަރ އަދި ސަރވިސް) އަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރެވޭ ކޮންސެޕްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓެކްނިކަލް، ފައިނޭންޝިއަލް އަދި އެޑްމިނިސްޓްރޭޓިވް މަޢުލޫމާތުތަކާ ވަސީލަތްތައް ކަމާގުޅޭ ޑިޕާޓްމަންޓްތަކުން ހޯދާ ޕްރޮޖެކްޓް ކޮންސެޕްޓް ކަރުދާސްތަށް އަދި ޕްރޮޕޯސަލްތައް ތައްޔާރުކުރުން.
- ސީއީއޯގެ އިރުޝާދުގެ ދަށުން އުފައްދާފައިވާ ގަވަރނަންސް ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ހިނގާކަން ކަށަވަރުކުރުމަށްޓަކައި އިދާރީގޮތުން ފުރިހަމަވާންޖެހޭކަންކަން ފުރިހަމަވެފައިވޯތޯ ބެލުމާއި، ރޭވިފައިވާ ގޮތެއްގައި ވިލަރެސްކުރުމާއި، ނިންމުންތަކާ ގުޅިގެން ވަގުތުން ފޮލޯއަޕް ކުރުން އަދި މުއައްސަސާގެ ޖަވާބުދާރީވުމާއި ހާމަކަން ދެމެހެއްޓުމަށްޓަކައި ކަމާގުޅޭ ހުރިހާ ސެކްރެޓޭރިއެޓްތަކުން ކޮންމެ ތިން މަހުން އެއްފަހަރު ރިޕޯޓު ހުށަހަޅާކަން ކަށަވަރުކުރުން.
- ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން
|
މަޤާމުގެ ޝަރުތު
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
ތައުލީމީ ރޮނގުތައް
|
އެޑްމިނިސްޓްރޭޝަން
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
މެނޭޖްމަންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން
ހިއުމަން ރިސޯސް
|
ގުޅޭ ވަޒީފާގެ ދާއިރާ
|
މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
- ޕޮލިސް ރިޕޯޓް
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮގަސްޓު 2025 ގެ 14:00 ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށްރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|