މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ އޮފް ނާރސިންގ
|
ބޭނުންވާ އަދަދު
|
02 ( ދެއެއް )
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
ޕީ.އެސް 8
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
މުސާރަ:
|
މަހަކު، 17001.00 ރުފިޔާ
|
މަޤާމުގެ އެލެވަންސް:
|
މަހަކު، 9737.00 ރުފިޔާ
|
ހާޒިރީ ޢިނާޔަތް:
|
ދުވާލަކު، 264.00 ރުފިޔާ (ރަސްމީ ދުވަސްތަކުގައި ޑިއުޓީ ކުރުމުން)
|
އިތުރު އިނާޔަތްތައް
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ބައިނަލްއަޤްވާމީ އުސޫލުތަކާއި ހޮސްޕިޓަލުން އެކަށައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ބަލިމީހުންގެ ރައްކާތެރިކަމާގުޅޭ ފުރިހަމަ ޕްރޮގްރާމެއް އެކުލަވާލައި ބެލެހެއްޓުން.
- ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދު އަދި އެހެނިހެން އުޞޫލުތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ތާވަލެއް އެކުލަވާލާ އެތާވަލާ އެއްގޮތައް ކަންކަން ކުރުން
- ޞިއްޙީ ފަރުވާއާއި ގުޅިގެން ހުށަހެޅޭ މައްސަލަތަށް ރިވިއު ކުރުމަށް ބޭނުންވާ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީމީހުންގެ ލަފަޔާ އިރުޝާދު ހޯދުމަށް ކޮމިޓީތައް އެކުލަވާލާ އެ ކޮމިޓީތަކުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ނަރސިންގ ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވާ ހިންގާނެ ޕްރޮސީޖަރތައް ލިޔެ އެކަންކަން ކުރިއަށް ގެންދާނެ ގޮތް ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގާ އެކަންކަން ރާވާ ބެލެހެއްޓުން.
- އިންޓަރނަލް އޮޑިޓްތަކާއި، ކޮލިޓީ އެސެސްމަންޓްތަކާއި، އަދި ޑިޕާޓްމަންޓުގެ އޮޕަރޭޝަންތައް ހިނގަނީ ޤާއިމުކުރެވިފައިވާ ޕްރޮޓޮކޯލްއާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
- ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ބަލިމީހުންގެ ހިތްހަމަޖެހުން އިތުރުކުރުމަށްޓަކައި ކަސްޓަމަރުންގެ ފީޑްބެކް އެއްކުރުމާއި، ތަޙުލީލުކުރުމާއި، އެކަމަށް ޖަވާބުދާރީވުމުގެ ނިޒާމުތައް ތަރައްޤީކޮށް ތަންފީޒުކުރުން
- ފަރުވާ ދިނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށާއި، ބަލިމީހުންނަށް ދިމާވާ މައްސަލަތައް މަދުކޮށް، ހުރިހާ ޑިޕާޓްމަންޓްތަކެއްގައި ރައްކާތެރިކަމާއެކު ފަރުވާ ދިނުމުގެ ސަގާފަތެއް އާލާކުރުމަށް މަސައްކަތްކުރުން.
- ފަރުވާގެ މާހައުލުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި، ނޭދެވޭ ކަންތައްތަކާއި، ހާދިސާތަކުގެ އަސްލު ސަބަބު ދެނެގަތުމަށް ތަޙްލީލުތައް ކުރުމާއި، މުވައްޒަފުންނަށާއި ވެރިންނަށް ޢަމަލުކުރެވޭނެ ފީޑްބެކް ދިނުން.
- ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ޤަވާޢިދުތަކަކާއި، އިރުޝާދުތަކާއި، އެކްރެޑިޓޭޝަންގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުން.
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތު
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ނުވަތަ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
ނުވަތަ:
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ނުވަތަ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- މަސައްކަތަށް ބޭނުންވާ މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|