ދިވެހިރާއްޖެ
މިއީ، 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އާންމުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ މުހިންމުކަން ހާމަކޮށް، ޑިމޮކްރަސީ ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، އާންމު ރައްޔިތުން ސިޔާސީ ކަންކަމުގައި ޝާމިލުވުމަށް ހިތްވަރުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށްގެންދާ ކުރު ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެކެވެ.
މި މުބާރާތުގެ ތީމްއަކީ، "ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން - ރައްޔިތުންގެ މަޖިލީހުގެ ދައުރު" އެވެ.
ތިރީގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުން، އެ ކެޓަގަރީއެއްގެ ޝަރުޠު ފުރިހަމަވާ ކޮންމެ ދިވެހިރައްޔިތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
1- އަމިއްލަ ގޮތުން ބައިވެރިވާ ކެޓަގަރީ: 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވުން.
2- ޖަމްޢިއްޔާތަކުގެ ކެޓަގަރީ: ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތައް.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ އޮންލައިން އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމުގެ ލިންކް: https://bit.ly/democracy_day_video_competition ) މެދުވެރިކޮށެވެ.
އަދި ފޯމާއެކު ހުށަހަޅާ ފަރާތުގެ އައިޑީ.ކާޑުގެ ކޮޕީ ނުވަތަ ޖަމްޢިއްޔާގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަދި މުބާރާތުގައި ބައިވެރިކުރުމަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ OneDrive ނުވަތަ Google Drive ލިންކް (ޑައުންލޯޑް ކުރެވޭގޮތަށް) ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް އޮންލައިން އެޕްލިކޭޝަން ފޯމެއް އަދި ވީޑިއޯ ކްލިޕެއް ބަލައެއްނުގަނެވޭނެއެވެ.
މުބާރާތުގެ ވަނަތަކާއި އިނާމްގެ މަޢުލޫމާތު، މުބާރާތުގެ އުސޫލުގައި ހިމަނާފައިވާނެއެވެ.
މުބާރާތުގެ އުސޫލުގެ ލިންކް: Guidelines for International Day of Democracy Video Competition 2025.pdf
މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނަށް އީ-މެއިލް ([email protected] ) ކުރެއްވުން އެދެމެވެ.