މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުން

" ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

  1. ށ.އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޒުވާނުންނާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2.  މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  ‏2025‏ އޮގަސްޓް‏ 04ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2025‏ އޮގަސްޓް‏ 05ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2025‏ އޮގަސްޓް‏ 06 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2025‏ އޮގަސްޓް‏ 13ވާ ބުދަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

03 އޮގަސްޓް 2025
ހޯދާ