މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

`

 

 

މަޖީދިއްޔާ ސްކޫލް

    މާލެ، ދިވެހިރާއްޖެ    

  (IUL)MS/1/2025/58 :ނަންބަރު 

 

އިޢުލާނު

 

މަޤާމު:

 އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު:

 J-249664

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 މަޖީދިއްޔާ ސްކޫލް . ކ.މާލެ

މުސާރަ:

 7035.00

ސަރވިސް އެލަވަންސް:

 2000.00

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސަޕޯޓިންގ ކޯ އެލަވަންސް -/900 ރުފިޔާ
  • ސްޕްޝަލް ޑިއުޓީ އެލަވަންސް  މުސާރައިގެ %35

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

 1- ސަރުކާރުގެފައިސާއާއި ބެހޭ ޢާޢްމު ޤަވާއިދުތަކާއި އުޞޫލުތަކާއި ހަމަތަކުގެ މަތިން ސްކޫލްހިންގުމުގެ ގޮތުންނާއި   ކިޔަވައިދިނުމާއި ގުޅޭ ގޮތުން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއި އެކު   މިޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

 2- ސްކޫލްގެ އެންމެހާ އިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ތަންތަނާއި ތަކެތި   މަރާމާތު ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

 3- ސްކޫލްގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެ   ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތައްކުރުން.

 4- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައް ބެލެހެއްޓުން.

 5- ސްކޫލްގެ މުވައްޒަފުންނާ ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާގުޅޭގޮތުން ވެރިއެއްގެ   ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

 6- ސްކޫލްގެ އިދާރީ ކަންކަމާގުޅޭ މަސައްކަތްތައް ޕްރިންސްޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އަދި އެކަންކަން   ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

 7- ސްކޫލްގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެ ގޮތުން ނުވަތަ އެއްއައިޓަމުން އަނެއް އައިޓަމަށް   ބަދަލުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ކުރުން.

 8- ސްކޫލްގެ އެންމެހާ އިމާރާތްތައް އަދި ސްކޫލްގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ ގޮތުން   އެކަންކަމާ ހަވާލުތިބޭ މުވައްޒަފުން އެކަންކަން ކުރަމުން ގެންދޭތޯ ބެލުން.

 9- ސްކޫލްގެ އިންވެންޓްރީ އާއި ސްޓޮކާ ގުޅޭ މަސައްކަތްތައް އެކަންކަމާއި ހަވާލުވެ ތިބޭ މުވައްޒަފުން   އެމަސައްކަތްތައް ކުރަމުން ގެންދާގޮތް ބެލެހެއްޓުން.

 10- ސްކޫލްގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އިޢުލާންކޮށްގެން ކުރެވޭ މަސައްކަތްތަކަށް ހޯދޭ އަންދާސީ   ހިސާބުތައް އިވެލުއޭޓްކޮށް ބިޑް އިވެލުއޭޝަން ކޮމިޓީއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

 11-  ކިޔަވައިދިނުމާއި ސީދާ ގުޅުމެއްނެތް އެންމެހާ މަވައްޒަފުންގެ މަސައްކަތްތައް ބައްލަވާ އެ މުވައްޒަފުންގެ   މަސައްކަތްތައް އޮބްޒާރވް ކުރުން.

 12-  ސްކޫލްގެ ފައިސާއާއި ބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާބަޔާނުގައި އެމުވައްޒަފުން ކުރުމަށް   ކަނޑައެޅިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދޭތޯ ބެލުން.

 13-  ސްކޫލަށް ހޯދޭ މުދަލާ ތަކެތީގެ އިންވެންޓްރީ އާއި ސްޓޮކްގެ އެންމެހާ ކަންތައްތައް ހިނގާ ނުހިގާގޮތް ބެލުން.

 14- ބިޑްއިވެލުއޭޝަން ކޮމިޓީން ނިންމާ ކަންތައްތައް އެގްރީމެންޓްކޮށް އެމަސައްކަތެއް ހަވާލުކުރުމަށް ކަނޑައަޅާ   ފަރާތްތަކަށް ހަވާލުކުރުން.

 15- ސްކޫލް ހޯލާ އަދި އެހެނިހެން ސްކޫލްގެ ތަންތަން އެކި ފަރާތްތަކަށް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ   ކަންތައްތައް ކުރުން.

 16-  ސްކޫލްގައި ބޭއްވޭ ޚާއްސަ ކަންތައްތަކުގައި ޕްރިންސިޕަލް އަންގަވާ ގޮތުގެ މަތިން އެހީތެރިވުން.

 17- ބަޖެޓް ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ ގޮތުގައި ބަލަހައްޓަންޖެހޭ   މުވައްޒަފުންގެ އެޕްރައިޒަލް ފޯމް އަހަރު ފެށުމުން ޓާގެޓް ކަނޑައަޅައި އަދި އަހަރު ނިމުމުން މުވައްޒަފުންނަށް   ފީޑްބެކް  ދީ މާރކްސް ދިނުން.

 18- ސްކޫލްގެ ޓްރަސްޓްފަންޑާއި އާމްދަނީ ފައިސާގެ ކަންތައްތައް ހިނގާނިހިނގާ ގޮތް ބަލައި ކަމާގުޅޭގޮތުން   ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 19-  ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ އެންމހާ   ކަންތައްތައްކުރުން.  ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން    މިސްކޫލްގައި އޮންނަ "މުރާޖަޢު ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް އަދާކުރުން .

މަޤާމުގެ ޝަރުޠުތައް:

 

މަގާމުގެ މަސައްކަތާއި ގުޚޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ޑިޕްލޮމާ    ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 

ނުވަތަ 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ  ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރ އޮފް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 

ނުވަތަ 

 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 9 ގެ   މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލުކޮށްފައިވުން. 

 ތައުލީމީ ރޮނގުތައް:

  • އެކައުންޓިންގ 
  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ފައިނޭންސް 
  • މެނޭޖްމަންޓް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  

 ޕްރިފާރޑް ޑިސިޕްލިން

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  

  ކޯޑިސިޕްލިން

މި މަގާމަށް ކޯ ޑިސިޕްލިން ކަނޑައެޅިފައި ނުވޭ

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

   

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ   ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ:   ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް   އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ   ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ  ތިރީގައިވާ މިންގަނޑަށްފެތޭ ލިއުންތަކުގެ  ކޮޕީ.

 (ހ) ސިވިލްސާރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ   އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒިފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކި ވަކިން   ބަޔާންކޮށް   އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

 (ށ) ސިވިލްސާރވިސްގެ ތަޖްރިބާގެ ތެރެއިން https://myaccount.csc.gov.mv/  އިން ފެންނަން ނެތް   ތަޖްރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި ( އަހަރާއި މަހާއި   ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި   ވީ  ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި  ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ،   ވަޒީފާ  އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް   އިދާރާއެއްގެ ތަފާތު މަގާމްތަކުގައި  ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކި ވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތް ކޮށްފައިވާ  ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި  މަސައްކަތް ކޮށްފައިވާނަމަ އަދާ ކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާ އަދަކުރި މުއްދަތާއި، ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (   އެއް  އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން   ދޫކޮށްފައިވާ ލިއުން ( މި ލިއުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ  މަގާމެއްކަން ނުވަތަ ނޫންކަން   ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިއުމެއް   ހުށަހަޅަންވާނެއެވެ.

 (ބ) ދައުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި ، ނުވަތަ އުވާލެވިފައިވާ  ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ  ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި   މަސައްކަތް  ކޮށްފައިވާނަމަ، އަދަކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ( އަހަރާއި މަހާއި ދުވަސް   އެގޭގޮތަށް)،  ވަޒީފާގެ މަސްއުލިއްޔަތުތައް ( އެއް އިދަރާއެއްގެ ތަފާތު މަގާމްތަކުގައި  ވަޒީފާ އަދާކޮށްފައި ވީ   ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިއުން ލިބެންނެތްނަމަ، ރެކްރުޓްމަންޓް އުސޫލްގެ   ޖަދުވަލް 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން

 ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12.5 ވަނަ ނަންބަރުގައި

 ހިމަނާފައިވާނެއެވެ.

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮގަސްޓު 10 ވަނަ ދުވަހުގެ 14:00ގެ ކުރިން، މަޖީދިއްޔާ   ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް   ބަލައި ގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ   ކަނޑައަޅާ   ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ   ރަސްމީ 10 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް   ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް   ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި   އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު   އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް   ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315687 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ   ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"   (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

9 ޞަފަރު 1447

3 އޮގަސްޓު 2025

03 އޮގަސްޓް 2025
ހޯދާ