ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ސްކޫލް އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު ނަމްބަރު (IUL)310-CA/310/2025/23 (10 އޭޕްރީލް 2025) އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށް ބިޑް ކޮމިޓީއިން ނިންމަވާފައިވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނު ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން |
07 އޮގަސްޓް 2025 |
11:00 |
ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
07 އޮގަސްޓް 2025 |
14:00 |
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން |
14 އޮގަސްޓް 2025 |
11:00 |
އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
09 ޞަފަރު 1447
03 އޮގަސްޓް 2025