ދިވެހިރާއްޖެ
މިރަށުގެ މަގުތަކެކޭ އެއްފަދައިން، ރަށުގެ ބަނދަރު ސަރަހައްދު ސާފުކުރުމަށް ބޭނުންވާތީ މިއިދާރާގެ ހުއްދަނެތި ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ އެންމެހާތަކެތި 01 ސެޕްޓެމްބަރ 2025ވަނަ ދުވަހުގެ ކުރިން ނަންގަވާ ދެއްވުން އެދެމެވެ. އަދި މިއިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ބަނދަރުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން، ފައިބަރުކުރުމުގެ މަސައްކަތްކުރުން އަދި އެކިބާވަތްތަކުގެ މަސައްކަތްތާއި ބަނދަރު ސަރަހައްދުން ފެނާއި ކަރަންޓްގެ ޚިދުމަތްތައް ޤާއިމްކުރުމަށް ކޯރު ކޮނުން ފަދަ މަސައްކަތްތައް ކުރަންވާނީ މިއިދާރާގެ ހުއްދަ ލިބިގެންނެވެ. އަދި ބަނދަރުގައި އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަކެތި ބަހައްޓަ ބޭނުންވާ ފަރާތްތަކުން އެތަކެތި ބަހައްޓާ މުއްދަތާއި ސަބަބު ބަޔާންކޮށް، ތަކެތި ބެހެއްޓުމުގެ ހުއްދަ ލިޔުމުން ހޯދަން ވާނެއެވެ. މިއިޢުލާނަން މުއްދަތު ހަމަވާއިރު ހުންނަ ތަކެތި އިތުރު ނޯޓިސްއަކާއި ނުލާ ނައްތާލެވޭނެއެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.