މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙްގައި ނެވިލޯން އެޅުން

މ. މުލަކު މަސްޖިދުލް ފަލާޙްގައި ނެވިލޯން (ވިނިއަލް) އެޅުމުގެ އެންމެހާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭންވެޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް 2025  އޮގަސްޓް 07 ދުވަހުގެ 14:00 ކުރިން، ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޯގަސްޓް 14 ވަނަ ދުވަހުގެ 10:30 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.

މަސައްކަތާއި ގުޅިގެން ތައްޔާރުކުރާ ބިޑަޑޮކިޔުމަންޓް ތައްޔާރު ކުރުމަކީ ބިޑްހުށަހާޅާ ފަރާތުގެޒިންމާ އެކެވެ. ބިޑްތައްޔާރު ކުރުމުގައި މިމަސައްކާތާއި ގުޅިގެން އެރުވިފައިވާ މަޢުލޫމާތުޝީޓުގެ 08 ވަނަ މާއްދާއަށް ރިއާޔަތް ކުރަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މުލަކަތޮޅު މުލަކުކައުންސިލް އިދާރާ

މ. މުލައް

ފޯން:  9682182 / 6723713

އީމެއިލް: [email protected]

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

03 އޮގަސްޓް 2025
ހޯދާ