ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން އަމީނީ މަގުގައި ހުންނަ މި އޮފީހުގެ އީ ބްލޮކް 6 ވަނަ ފަންގިފިލާ ( އެފް.އެޗް.ޓީ.އެސް ބިލްޑިންގ) ގައި 2025 އޮގަސްޓް 07 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 އޮގަސްޓް 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އީބްލޮކްގެ 6 ވަނަ ފަންގިފިލާއަށް ( އެފް.އެޗް.ޓީ.އެސް ބިލްޑިންގ) ހާޒިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 2025 އޮގަސްޓް 07 ދުވަހުގެ ހެނދުނު 10:00 އަށް އީ ބްލޮކްގެ 6 ވަނަ ފަންގިފިލާއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.