މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުފެދޭ ކުނިވާ ޒާތުގެކުނި (ބަދިގެ ބާކީއާއި ކަރުގޮހޮރު) އުކާލަދޭނެ ފަރާތެއް ހޯދުން

 

އިޢުލާން 

ރަށުގައި އުފެދޭ ކުނިވާ ޒާތުގެކުނި (ބަދިގެ ބާކީއާއި ކަރުގޮހޮރު) އުކާލަދޭނެ ފަރާތެއް ހޯދުން 


 

            ނ.މާފަރުގެ ގެތަކުން އުފެދޭ ބަދިގެ ބާކީއާއި ކަރުގޮހޮރު އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

           ވީމާ، މި އިއުލާނާއިއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ރަށުގައި އުފެދޭ ކުނިވާ ޒާތުގެކުނި (ބަދިގެ ބާކީއާއި ކަރުގޮހޮރު) އުކާލަދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާ އަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު:- 

#

ކުރަންޖެހޭ މަސައްކަތް

މުއްދަތު

1

ނ.މާފަރުގެ ގެތަކުން އުފެދޭ ކުނިވާ ޒާތުގެކުނި (ބަދިގެ ބާކީއާއި ކަރުގޮހޮރު) އުކާލަދިނުން

1 (އެކެއް) އަހަރު

 

މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.

 ބީލަން ހުށަހެޅުން: 

      ބީލަން ހުށަހެޅުން އޮންނާނީ 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާފަރު ކައުންސިލް އިދާރާގައެވެ.

ތަޖުރިބާ ލިއުންތައް 

      މި މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ އެންމެހާ ތަޖުރިބާ ލިއުންތަށް

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ކުލި: 

      މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މަހު ކުލި  (މީލާދީ މަހަކަށް ޖެހޭވަރު) ހިމަނަންވާނެއެވެ.  

ބީލަން ހުށައަޅާ ފޯމް: 

     ބީލަން ހުށަހަޅާ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން ވާނެއެވެ.

     މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް

މާކުސް ދެވޭގޮތުގެ ތަފުސީލު: 

މާކުސް ދެވޭނެ ކްރައިޓީރިއާ

މާކުސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

% 90

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކުސް  
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ މަހުކުއްޔަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

ތަޖުރިބާ

% 10

  • ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަކުން އިޢުލާންކޮށްގެން ކޮށްދީފައިވާ މިފަދަ މަސައްކަތްތައް ނިންމި ކަމުގެ ލިޔުމަށް ބަލައި، މި ބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި، ކޮންމެ ޕްރޮޖެކްޓަރަށް 1 ޕޮއިންޓް 2 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މި ބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.  
  • ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަ ކޮށްފައިވާ ލިޔުންތަކާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.  
  

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮގަސްޓް 2025
ހޯދާ